ކިޑްސް އެތްލެޓިކްސް ޑޭ އާއި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި "ހެލްތީ ކިޑްސް ފޯ ދަ ފިއުޗާ" ހަރަކާތުގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އަދި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ރޭސާސް އެމްވީން އިންތިޒާމު ކުރި އެ ހަރަކާތް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން މީގެ ކުރިން އެ ހޮސްޕިޓަލުން ވަނީ އޫރީދޫ ފަން ރަން، ދިރާގު ރޯޑް ރޭސް، މޯލްޑިވްސް ހާފް މެރަތަން އަދި އެހެނިހެން ގިނަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީން ބޭއްވި ކުޑަކުދިންގެ ހަވީރުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހިލޭ ދަތުގެ ސްކްރީނިން ހިދުމަތް ދީފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އެފަދަ ގިނަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ މުޖުތަމުއުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ސިއްހީ ގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމުގެ ވިސްނުމުގައި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގަސްތުކުރާ ކަމަށް ބުންޏެވެ.