ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭ، މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސާއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
އެ ސްޕޮންސާޝިޕް އެއްބަސްވުމާ ގުޅޭ ހާއްސަ ހަފުލާއެއް އިއްޔެ ވަނީ ބޭންކުގައި ބާއްވައިފައެވެ. އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒަމީރު އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ބާއްވާ މޯލްޑިވްސް އެކްސްޕޯ ވެގެންދާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތަށެވެ.
ބީއެމްއެލް އިން ބުނީ، މެއިން ސްޕޮންސާއެއްގެ ހައިސިއްޔަތުން އެފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް