މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައި-އިލެކްޝަންގައި ވާދަކުރި ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން އިލެކްޝަނަށް އަލުން ކުރިމަތިލުމަށް ޔޫތް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެމްއެމްސީގެ ބައި-އިލެކްޝަން ބާއްވަނީ އެ ކައުންސިލްގައި މީޑިއާތައް ތަމްސީލު ކުރާ ދެ މަގާމަކާއި އަމިއްލަ މެންބަރެއްގެ މަގާމު ހުސްވެފައިވާތީއެވެ.

ޔޫތް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ، އެމްއެމްސީގެ މެންބަރުކަމަށް އަލުން ހުޅުވައިލީ، މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން، މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަގާމަށް ހަތަރު ކެންޑިޑޭޓަކު ކުރިމަތިލި ނަމަވެސް އޭގެ ތެރެއިން ދެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމުން ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ. އެގޮތުން އެ މަގާމުތަކަކަށް ކުރިމަތިލާން ފުރިހަމަ ކުރަންޖެހޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެނީ [email protected] އަށެވެ.

އެމްއެމްސީން ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލާމް އަލުން ހުޅުވާލި އިރު، މިދިޔަ ހަފުތާގައި މިނިސްޓްރީން ވަނީ ދާއިމީ ވޯޓާސް ލިސްޓުވެސް ނެރެފައެވެ. އެމްއެމްސީ ތަމުސީލު ކުރަނީ މީޑިއާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންނެވެ.