މުންބާއީގައި ބޭއްވި ޒީ ސިނެ އެވޯޑްސް 2025 ގެ ވަނަ ވަނައަށް އައި ފަރާތްތައް އިއުލާނުކޮށްފިއެވެ. މި ރަސްމިއްޔާތުގައި ގިނަ ތަރީންތަކެއް ބައިވެރިވިއެވެ.
ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނީ ޝްރައްދާ ކަޕޫރަށެވެ. ބެސްޓް އެކްޓަރުގެ އެވޯޑު ކާތިކް އާރިޔަން ކާމިޔާބުކުރިއެވެ. ބެސްޓް ފިލްމުގެ އެވޯޑު ލިބުނީ "ސްޓްރީ 2" އަށެވެ. ބެސްޓް މިއުޒިކް އެވޯޑު ލިބުނީ ސަޗިން-ޖިގަރު އަށެވެ.
ބެސްޓް ލިރިކްސްގެ އެވޯޑު ކާމިޔާބު ކުރީ އިރްޝާދު ކާމިލް އެވެ. ބެސްޓް ސިނެމެޓޮގްރަފީގެ އެވޯޑު ލިބުނީ "ލާޕަތާ ލޭޑީސް" އަށެވެ. ބެސްޓް ވީއެފްއެކްސްގެ އެވޯޑު ހޯދީ "މުންޖްޔާ" އެވެ.
މި ރަސްމިއްޔާތުގައި ކާތިކް އާރިޔަން، އަނަންޔާ ޕަންޑޭ، ޓައިގަރ ޝްރޮފް އަދި ރަޝްމިކާ މަންދާނާ ފަދަ ތަރިން ވަނީ ޕާފޯމްކޮށްފައެވެ. ވިކްރަންތް މަސޭ، އަޕަރްޝަކްތީ ކުރާނާ އަދި ތަމަންނާވެސް ވަނީ ސްޓޭޖްގައި ޕާފޯމްކޮށްފައިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް