ކައިވެނި ހަފުލާތައް ޒީނަތްތެރިކޮށްދޭ ކަމަށްބުނެ ސްކޭމް ހިންގާ "ޖަސްޓް މެރީޑް"ގެ ފޭސްބުކް ޕޭޖް ފާާޑުކިޔުންތަކާ އެކު، އެންމެ ފަހުން ޑީއެކްޓިވޭޓް ކޮށްފިއެވެ.
އެ ޕޭޖު ހިންގާ ފަރާތުން ޕޭޖު "ޑީއެކްޓިވޭޓް" މި ކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނީގެ ހަފުލާއެއްގެ އިންތިޒާމުތަކަށް ފައިސާ ނެގުމަށްފަހު އެކަންކަން ނުކޮށް ލަނޑު ދިން މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
ބުރާސްފަތި ދުވަހު ކައިވެނިކުރި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާގެ އިންތިޒާމުތައް ހަމަޖައްސައިދޭން ހަވާލުކުރީ "ޖަސްޓް މެރީޑް" ޕޭޖު ހިންގާ ގ. ލައުޒާން، މުހައްމަދު ހުނައިންއާ އެވެ.
ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނާއި 200 މީހުންގެ ކެއުމަށް "ޖަސްޓް މެރީޑް" ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާ ދިނީ މިދިޔަ އެޕްރީލް އެކެއް ގައެވެ. އިތުރަށް ދައްކަން ޖެހުނު 14،500 ރުފިޔާ އާއި 50 މީހުން އިތުރުކުރަން ބޭނުންވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500 ރުފިޔާ ވެސް ދެއްކިއެވެ.
ނަދާ ބުނި ގޮތުގައި ކައިވެނީގެ ހަފުލާއަށް އެންމެން ޖަމާވިއިރުވެސް ކެއުން ގެނެސްފައެއް ނުވެއެވެ. އަދި ޑެކެރޭޝަންވެސް ހުރީ އެ މީހުން އެދުނު ގޮތަށް ނޫން ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި އެ ޕޭޖުގެ ޕޯސްޓުތަކެއް ދައުރުވަމުން ދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖަސްޓް މެރީޑް" އަކީ މީގެ ކުރިންވެސް އެތައް ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ ބައެއްކަން "ވަން" އަށް ވަނީ އެނގިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް