ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔަން ޒީ ސިނެ އެވޯޑްސްގައި ދެ އެވޯޑެއް ކާމިޔާބުކޮށްފިއެވެ. މި ދެ އެވޯޑަކީ "ޗަންދު ޗެމްޕިއަން" އަދި "ބޫލް ބުލައްޔާ 3" އަށް ލިބުނު ދެ އެވޯޑެވެ.
ކާތިކް އަށް ލިބުނީ ކްރިޓިކްސް ބެސްޓް އެކްޓަރ އަދި ބެސްޓް އެކްޓަރ ޕޮޕިއުލަރ ގެ އެވޯޑެވެ. "ޗަންދު ޗެމްޕިއަން" އަކީ މުރުލިކަންތް ޕެޓްކަރުގެ ބަޔޯޕިކެކެވެ. "ބޫލް ބުލައްޔާ 3" ގައި ކާތިކް ފެނުނީ ރޫހު ބާބާގެ ރޯލުންނެވެ.
އެވޯޑް ރަސްމިއްޔާތުގައި ކާތިކް ވަނީ "ބޫލް ބުލައްޔާ 3" ގެ ލަވަޔަކަށް ޑާންސްކޮށްފައެވެ.
ކާތިކް މިހާރު ވަނީ "އާޝިޤީ 3" ގެ ޝޫޓިން ނިންމައިފައެވެ. "އާޝިޤީ 3" ސިނަމާތަކުގައި ދައްކަން ފަށާނީ އޮކްޓޯބަރު މަހުގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް