ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް ދަރުމާ ޕްރޮޑަކްޝަންސްއިން "ދޯސްތާނާ 2" ގެ ލީޑުރޯލަށް ވިކްރާންތް މަސޭ ހޮވައިފިއެވެ.

ވިކްރާންތްގެ އިތުރުން މި ފިލްމުގައި ލަކްޝްޔާވެސް ބައިވެރިވާނެ އެވެ. ވިކްރާންތް ހަމަޖައްސާފައި މިވަނީ، ކުރީން މި ފިލްމުގައި ކާތިކް އާރްޔާން ކުޅޭން އޮތް ބަޔަށް ކަމަށް ހަބަރުތައް ބުނެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި ކުރީން މި ފިލްމުގަައި ލީޑް ރޯލު ކުޅެން ހަމަޖެހިފައިވާ ޖާންވީ ކަޕޫރުގެ ބަދަލުގައި ވެސް އާ އެކްޓްރެސްއެއް ހޮވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. "ދޯސްތާނާ 2" އަކީ މިޔުޒިކް، ކޮމެޑީ، ރޮމާންސް އަދި ޑްރާމާ ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރު ދެ ހަފުތާގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.