ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އާއި އޭނާގެ ދަރިފުޅު ޔުގް ދޭވްގަން "ކަރާޓޭ ކިޑް: ލެޖެންޑްސް" ގެ ހިންދީ ވަރޝަން އަށް އަޑު އަޅައިފިއެވެ. މި ދެބަފަައިން ވަނީ ފިލްމުގެ ޓްރެއިލާ އިފްތިތާހު ކުރުމުގެ ހަފުލާގައި ބައިވެރިވެފައެވެ.
އަޖޭ އަޑު އެޅީ ޖެކީ ޗޭންގެ ކެރެކްޓަރު މިސްޓަރ ހާންއަށެވެ. ޔުގް އަޑު އެޅީ ބެން ވަންގެ ކެރެކްޓަރު ލީ ފޮންގް އަށެވެ. މިއީ ޔުގްގެ ފުރަތަމަ ވޮއިސް އޯވަރ މަސައްކަތެވެ. މިއީ އަޖޭ ބައިނަލްއަގުވާމީ ފިލްމަކަށް އަޑު އަޅައިދޭ ފުރަތަމަ ފަހަރެވެ.
މި ފިލްމުގައި ޖެކީ ޗޭން، ބެން ވަންގ އަދި ރާލްފް މަޗިއޯ ފެނިގެންދާނެ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ މިމަހު 30 ގައެވެ.
ސޯނީ ޕިކްޗާސް އިންޑިއާއިން މި ހަބަރު އާންމުކުރުމާއެކު ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ޔުގްގެ ކެރިއަރ ފެށުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. "ކަރާޓޭ ކިޑް: ލެޖެންޑްސް" އަކީ މަޝްހޫރު "ކަރާޓޭ ކިޑް" ފްރެންޗައިޒްގެ އާ ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް