މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި އިންޑިއާގެ ގިނަ ތަރިން ބައިވެރިވާނެ ކަމަށް އިއުލާނުކޮށްފިއެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މެއި އިން 24 މެއި އަށެވެ.

https://www.instagram.com/p/DD3k2BItNlo/?img_index=1&igsh=YWFlenF6eGowcWN4

އާލިޔާ ބަޓް ފުރަތަމަ ފަހަރަށް ކޭންސްގައި ބައިވެރިވާއިރު، ޖާންވީ ކަޕޫރު އަދި އިޝާން ކައްޓަރުގެ ފިލްމު "ހޯމްބައުންޑް" މި ފެސްޓިވަލްގައި ޕްރިމިއަރ ކުރާނެ އެވެ. އައިޝްވަރިޔާ ރާއީ ބަޗަން އަނެއްކާވެސް ކޭންސްގައި ބައިވެރިވާނެއެވެ.

https://www.instagram.com/p/DH_OFb-o4cE/?igsh=ZjNianltNGhzbDZm

ޝަރުމިލާ، ސަތިޔަޖިތް ރޭގެ ފިލްމު "އަރަންޔޭރު ދިން ރާތްރީ" ގެ ހާއްސަ ސްކްރީނިން އެއްގައި ބައިވެރިވާއިރު، ޕާޔަލް ކަޕާޑިއާ މި އަހަރު ޖޫރީ ޕެނަލްގައި ބައިވެރިވާނެ އެވެ. ކަރަން ޖޯހަރު، ނީރަޖް ގައްވާން އަދި އުރުވަޝީ ރައުތެލާވެސް މި ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

https://www.instagram.com/reel/C7IGRo_SvgX/?igsh=bGdzeXMxZ2tjd29p

މީގެ އިތުރުން ކިއާރާ އަދްވާނީވެސް ކޭންސްގައި ބައިވެރިވާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި އިންޑިއާގެ އާ އަދި ތަޖުރިބާކާރު ތަރިން ބައިވެރިވުމުން، ބައިނަލްއަގްވާމީ ފިލްމީ މައިދާނުގައި އިންޑިއާގެ ހާޒިރީ ފާހަގަކޮށްލެވޭ ގޮތެއްގައި އިތުރުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.