އަޖޭ ދޭވްގަންގެ "ރެއިޑް 2" އާއެކު މި އަހަރުގެ މިހާތަނަށް 100 ކްރޯޑު ރުޕީސްއަށްވުރެ މަތިން އާމްދަނީ ހޯދާފައިވާ ބޮލީވުޑް ފިލްމުތަކުގެ އަދަދު ހަތަރަކަށް އަރައިފިއެވެ. މި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ:

1. "ޗާވާ" - 555 ކްރޯޑު:- ވިކީ ކައުޝަލް ލީޑް ރޯލު ކުޅުނު، މި ފިލްމަކީ މިއަހަރުގެ އެންމެ މަތީ އާމްދަނީ ހޯދި ފިލްމެވެ. މިއީ ޗަތްރަޕަތި ސަމްބާޖީ މަހާރާޖްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

2. "ސްކައި ފޯސް" - 109 ކްރޯޑު:- އަކްޝޭ ކުމާރު ލީޑް ރޯލު ކުޅުޅު މި ފިލްމަކީ މިއަހަރު 100 ކްރޯޑު ކްލަބަށް ވަދެފައިވާ ފުރަތަމަ ފިލްމެވެ.

3. "ރެއިޑް 2" - 107.50 ކްރޯޑު:- އަޖޭ ދޭވްގަންގެ މި ފިލްމު 10 ދުވަހުގެ ތެރޭގައި 100 ކްރޯޑު ކްލަބަށް ވަދެފައިވެއެވެ. މި ފިލްމު ދައްކަން ފެށީ މިމަހު އެކެއް ގައެވެ.

4. "ސިކަންދަރް" - 101 ކްރޯޑު:- ސަލްމާން ޚާންގެ މި ފިލްމަކީ އީދަށް ނެރުނު ފިލްމެކެވެ.

"ރެއިޑް 2" އަށް "ސްކައި ފޯސް" އަދި "ސިކަންދަރް" އަށްވުރެ އިތުރަށް އާމްދަނީ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް "ޗާވާ" އިން ހޯދާފައިވާ އާމްދަނީއާ ކައިރި ނުކުރެވޭނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.