އަފްގާނިސްތާނުގައި ރާޒުވާ ކުޅުން މަނާކޮށްފިއެވެ.
އަފްގާނިސްތާނުގައި ވެރިކަންކުރާ ތާލިބާނު ސަރުކާރުން އެ ގައުމުގައި ރާޒުވާ ކުޅުން މަނާކޮށްފައިވަނީ އެކަމުގައި ސަރުކާރުން ގޮތެއް ނިންމަންދެން ކަމަށް އޮފިޝަލުން ބުނެއެވެ.
ތާލިބާނު ސަރުކާރުގެ ތަރުޖަމާނު އަޓާލް މަޝްވާނީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެމުން ވަނީ އިސްލާމީ ޝަރީއާ އިން ރާޒުވާ މާނަކުރާ ގޮތަކީ ގޭމްބްލިން ކަމަށް ފާހަގަކޮށްފައެވެ.
އަޓާލް ވިދާޅުވީ ރާޒުވާ ކުޅިވަރެއްގެ ގޮތުގައި ކުޅުމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވާ ކަމަށާއި އެކަމުގައި ވަކި ގޮތެއް ނިމެންދެން އެ ގައުމުގައި ރާޒުވާ ކުޅުމަކީ މަނާ ކަމެއް ކަމުގައި ނިންމާފައިވާ ކަމަށެވެ.
ރާޒުވާ އަކީ އަފްގާނިސްތާނުގެ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަފްގާނިސްތާނުގައި އިސްލާމީ ޝަރީއަތް ހަރުދަނާކޮށް ގާއިމުކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން ވަނީ ބޮކްސިން ތެޅުންވެސް މަނާކޮށްފައެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ