ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސ. ހުޅުދުއަށް އުފަން ނަޒީރު އަވަހާރަވީ، އިނގިރޭސިވިލާތުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.
ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެވެ.
ނަޒީރަކީ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.
ސަންލޭންޑުގެ ދަށުން ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި އަދި ކޮކޯ ޕާމް ދުނި ކޮޅު، މަކުނޑު އައިލެންޑު ރިސޯޓުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް