"ޖުބިލީ" ސީރީޒްގައި ނިލޫފަރްގެ ރޯލު ކުޅެ މަޝްހޫރުވި ވަމީޤާ ގެބީ ވަނީ އެ ސީރީޒްގެ ދެވަނަ ސީޒަނާ ގުޅޭ އަޕްޑޭޓެއް ދީފައެވެ. ވަމީޤާ ބުނާ ގޮތުގައި ދެވަނަ ސީޒަންގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

"ޖުބިލީ" އަކީ 1947 ވަނަ އަހަރުގެ ހިންދީ ސިނަމާގެ ރަންޒަމާނުގައި ހިނގި ކަމެއްގެ ވާހަކައެކެވެ. މި ސީރީޒްގައި ވަމީޤާ ކުޅޭ ނިލޫފަރުގެ ކެރެކްޓަރަށް ވަރަށް ބޮޑަށް ތައުރީފު ލިބިފައިވެއެވެ.

"ޖުބިލީ" ގެ ފުރަތަމަ ސީޒަން ނެޓްފްލިކްސްގައި ދެއްކީ 2023 ގައެވެ. މި ސީރީޒް އުފެއްދީ ވިކްރަމާދިތްޔާ މޮޓްވާނީ އެވެ. ދެވަނަ ސީޒަން އަންނާނެ ކަން އާންމުކުރުމުން ފޭނުންގެ އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ. ނަމަވެސް އަދި މި ސީޒަން ނިކުންނާނެ ދުވަހެއް އިއުލާނުކޮށްފައެއް ނުވެއެވެ.

މި ސީރީޒްގެ ދެވަނަ ސީޒަނާ ބެހޭ މައުލޫމާތު އާންމުކުރީ ވަމީޤާގެ އާ ފިލްމު "ބޫލް ޗުކް މާފް" ގެ ޕްރޮމޯޝަންގަ އެވެ. މި ފިލްމުގައި ވަމީޤާ އާއެކު ރާޖްކުމާރު ރާއޯ ބައިވެރިވެއެވެ. މި ފިލްމު އޯޓީޓީގައި ދައްކާނީ މިމަހު 16 ގައެވެ.