ބޯހިޔާވަހިކަމުގެ ބިލަށް އާއްމުންގެ ހިޔާލުު ހުށަހަޅަން ހުޅުވާލައިފިއެވެ.
ބޯހިޔާވަހިކަމުގެ ބިލަކީ ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެ ބިލަށް ހިހާލު ހުށަހަޅަން ހުޅުވާލައި ކޮމިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ބިލަށް ހުށަހަޅަން ބޭނުން ހިޔާލެއް، ކޮމިޓީގެ އީމެއިލަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވުގެ ފުރުސަތު މިމަހު 18 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، ރައްކާތެރި އަދި އެކަށީގެެންވާ ބޯހިޔާވަހިކަމަކަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން، ފަސޭހަކަމާ އެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުންވެސް މި ބިލުގެ ބޭނުމުގެ ގޮތުގައި ބިލުގައި ހިމަނާފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތަކުން މަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާ އެކު ދެފުށްފެންނަ ގޮތަށްތޯ ބެލުމުގެ އުސޫލުތަކެއްގެ ދަށުން ކަންކަން ކަށަވަރުކުރުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން ވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމާއި އެނޫން ވެސް ކަމާ ގުޅޭ އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް