ބޮލީވުޑްގެ ގިނަ ތަރީން ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭއިރު، އަމިއްލަ ރަށެއް އޮތް ހަމައެކަނި ތަރިއަކީ ޖެކުލިން ފަރނާންޑެޒް އެވެ. އިންޑިއާގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޖެކުލިންގެ އަމިއްލަ ރަށަކީ ސްރީލަންކާގެ ދެކުނު ސަރަހައްދުގައި އޮންނަ 4 އޭކަރުގެ ރަށެކެވެ.
ޖެކުލިން މި ރަށް ގަތީ 2012 ވަނަ އަހަރުއެވެ. އެއިރުގެ އަގުން 3 ކްރޯޑު ރުޕީސް އަށް މި ރަށް ގަތްކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ރަށް ގަތުމަށްފަހު އެތަނުގައި ވިލާއެއް ހެދުމަށް ޖެކުލިން ރާވާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް އެ ވިލާ ހަދަނީ އަމިއްލަ ބޭނުމަށްތޯ ނުވަތަ ވިޔަފާރި ބޭނުމަށްތޯ ޖެކުލިން ހާމަކޮށްފައެއް ނުވެއެވެ.
ޖެކުލިންއަކީ ސްރީލަންކާގެ ކުރީގެ ބިއުޓީ ކުއީނެކެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 2009 ވަނަ އަހަރު "އަލާއްދީން" ފިލްމުންނެވެ. ނަމަވެސް އޭނާ އެންމެ ފުރަތަމަ ފާހަގަކޮށްލެވުނީ 2011 ގެ "މަރޑަރ 2" ފިލްމުންނެވެ. އޭގެ ފަހުން "ހައުސްފުލް 2" އަދި "ރެއިޑް 2" ފަދަ ހިޓް ފިލްމުތަކުގައި ފެނުނު ނަމަވެސް، ފަހުން ދެއްކި ގިނަ ފިލްމުތަކަކީ ފޭލިވި ފިލްމުތަކެކެވެ.
ޖެކުލިންގެ އެންމެ ފަހުގެ ފިލްމަކީ މިއަހަރު ދެއްކި ސޯނު ސޫދުގެ އެކްޝަން ފިލްމު "ފަތޭ" އެވެ. އަދި މި އަހަރު ދެ ފިލްމެއްގައި ފެންނާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެއީ "ހައުސްފުލް 5" އަދި "ވެލްކަމް ޓު ދަ ޖަންގަލް" އެވެ. މި ދެ ފިލްމުގައިވެސް އަކްޝޭ ކުމާރު އުޅޭނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް