މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ނަން ހުއްދަ ނެތި ބޭނުންކޮށްގެން ހަދާފައިވާ "ޝާދީ ކޭ ޑައިރެކްޓަރު ކަރަން އައުރް ޖޯހަރް" ނަމަކަށް ކިޔާ ފިލްމެއް ދެއްކުން ބޮމްބޭ ހައިކޯޓުން މަނާކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ މި ފިލްމުން ކަރަން ޖޯހަރުގެ އަބުރަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި ކަރަން ޖޯހަރުގެ ނަން ހުއްދަ ނެތި ބޭނުންކުރުމަކީ އޭނާގެ ޕާސަނަލިޓީ ރައިޓްސްއަށް އަރައިގަތުން ކަމަށް ބުނެފައިވެއެވެ.
ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރުތަކުން މިހާރުވެސް ކަރަން ޖޯހަރުގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ނަމަކީ އިންޑިއަން ފިލްމު އިންޑަސްޓްރީގައި ބްރޭންޑެއްގެ ގޮތުގައި ބެލެވޭ ނަމެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ކޯޓުގެ ހުކުމްގައި ވަނީ ކަރަންގެ ނަން ވިޔަފާރީގެ މަންފާއަށް ބޭނުން ކުރެވޭނީ އޭނާއަށް އެކަނި ކަމަށާއި އެހެން ނޫން ނަމަ އެކަން ކުރެވޭނީ އޭދާގެ ހުއްދަ ލިބިގެން ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް