ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިން ހަބަކަށް ހެދުމުގެ ތަސައްވަރާ އެކު 250 މިލިއަން ރުފިޔާގެ މަޝްރޫއެއް މިއަދު އިފުތިތާހުކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަޝްރޫއުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް އޮތް ތިން އަހަރު 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 30 މިލިއަން ރުފިޔާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވްއަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއު ފެށުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ބޮޑު ދިރާސާއެއް ކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އިނިޝިއޭޓިވްއާ އެކު ފައިނޭންޝިއަލް ސެކްޓާއާ ދެމެދު ގުޅުން ބަދަހިކުރެވި މުޖުތަމައުގައި ތިބި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.
"މިކަން ހަގީގަތަކަށް ހެދުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް. މިއަމާޒަށް ވާސީލުވުމަށް މަސައްކަތް ކުރާ އިރު ގައުމެއްގެ ތަރައްގީ ހަމައެކަނި މިންކުރެވެނީ އެ ގައުމެއްގެ އިގުތިސޯދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި އިހުތިރާމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ހާސިލުވާ އަމާޒެއްކަން ގަބޫލުކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު