ކުރިޔަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ މީޓްލޮޖިސްޓު ހުސެއިން ވަހީދު ވިދާޅުވީ ހަފުތާ ބަންދަށް ކޮންމެ ވެސް ވަރަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިއްސާރަ ކުރި ނަމަވެސް ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
"ހުކުރު ހިސާބުގައި މޫސުން ރަނގަޅުވާނެ. ކުރިޔަށް އޮތް 24 ގަޑިއިރު މުޅިރާއްޖެއަށް ވިއްސާރަ. ބޯކޮށް ވާރޭވެހި. ފެންބޮޑުވާނެ ކަމަށް ބެލެވޭ. ފެންބޮޑުވާވަރަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ." ހުސެއިން ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށާއި އެގޮތުން ހުޅުލެއަށް 103 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން ވައިގެ ބާރުމިން 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ހުންނާނެ ކަމަށް ލަފާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވިލާގަނޑުގައި 40 މޭލަށް ގަދަވެގެންދާނެ. ކަނޑުތައް ގަދަވާނެ ހުރިހާ ހިސާބަކަށްވެސް މިހާރު. ރާޅުގެ އުސްމިން ހުންނާނެ ފަސް ފޫޓާއި ހަތް ފޫޓުގައި، ހުރިހާ ސަރަހައްދެއްގައިވެސް. އެލާޓުތައް ނެރެމުންގެންދަނީ. ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް . ދެކުނަށް ވައިގަދަ ކަނޑުގަދަ. ނެރޭ ސަމާލުތަކަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވާ." މީޓްލޮޖިސްޓު ހުސެއިން ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ 8:00 އިން 14:00 އަށް ގއ. އަތޮޅުން ފެށިގެން އައްްޑޫ ސިޓީއަށް ވައިޓް އެލާޓު ނެރެފައެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ފާތިމަތު ލިއުޝާ
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން