ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖާންވީ ކަޕޫރު ތިންވަނަ ދެކުނު އިންޑިއާ ފިލްމުގައި ބައިވެރިވާ ކަން އާންމުކޮށްފިއެވެ. މި ފިލްމުގައި ބަތަލުގެ ބައި ކުޅޭނީ އައްލޫ އަރްޖުން އެވެ.
ވަގުތީ ގޮތުން "އޭއޭ22އެކްސްއޭ6" ނަން ދީފައިވާ މި ފިލްމަކީ ސައިންސް ފިކްޝަން ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އެޓްލީ އެވެ.
މި ފިލްމަކީ އިންޑިއަން ސިނަމާގެ ސައިންސް ފިކްޝަން ދާއިރާގައި އާ މިންގަނޑުތަކެއް ކަނޑައަޅައިފާނެ ފިލްމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެޓްލީ އަދި އައްލޫ އަރްޖުންގެ ކޮމްބިނޭޝަނަކީ ވަރަށް ގިނަ ބަޔަކު އެދޭ ކޮމްބިނޭޝަނެކެވެ.
މި ފިލްމުގައި އަންހެން އިތުރު ދެ އަންހެން ލީޑް ރޯލް އޮންނާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން އެއް ރޯލަށް މުރުނާލް ތާކޫރާ ވާހަކަދައްކަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ. މުރުނާލްއަކީ "ސީތާ ރާާމަމް" އަދި "ހައި ނަންނާ" ފަދަ ފިލްމުތަކުން ދެކުނު އިންޑިއާގައި ވަރަށް މަގުބޫލު އެކްޓްރެސްއެކެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު އެވެ. ޖާންވީގެ ފުރަތަމަ ތެލިނގު ފިލްމަކީ އެންޓީއާރު ޖޫނިއަރާ އެކު ކުޅެފައިވާ "ދެވާރާ: ޕާޓް 1" އެވެ. ދެވަނަ ފިލްމަކީ ރާމް ޗަރަންއާ އެކު ކުޅޭ "ޕެޑްޑި" އެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް