މައިކްރޯސޮފްޓުން އެ ކުންފުނީގެ ސާފޭސް ސިލްސިލާއަށް އާ ޑިވައިސްތަކެއް ތައާރަފުކޮށްފިއެވެ. އެއީ 13-އިންޗި ސާފޭސް ލެޕްޓޮޕް އަދި 12-އިންޗި ސާފޭސް ޕްރޯއެވެ. މި ދެ ޑިވައިސްގައިވެސް ބޭނުންކޮށްފައިވަނީ ކުއޯލްކޮމްގެ ސްނެޕްޑްރެގަން އެކްސް ޕްލަސް ޕްރޮސެސަރެވެ.
މި ޑިވައިސްތަކުގައި ޕިކްސެލްސެންސް ޑިސްޕްލޭ ހިމެނޭއިރު، އަޕްޑޭޓްކުރެވިފައިވާ ވިންޑޯސް 11 ތަޖުރިބާއެއް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ފައިލް އެކްސްޕްލޯރާގައި އޭއައި މެދުވެރިކޮށް އާ ގޮތްތަކާއި، ނޯޓްޕެޑްގެ މަސައްކަތް ރަނގަޅުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޑިވައިސްތައް އިންޑިއާގައި ޕްރީ-އޯޑަރު ކުރެވެން ފަށައިފިއެވެ. ރަސްމީކޮށް ވިއްކަން ފަށާނީ 15 ޖުލައި 2025 ގައެވެ. އެމެރިކާގައި 13-އިންޗި ލެޕްޓޮޕްގެ އަގަކީ 899 ޑޮލަރު އަދި 12-އިންޗި ޕްރޯގެ އަގަކީ 799 ޑޮލަރެވެ.
ސާފޭސް ލެޕްޓޮޕްގައި 23 ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ބެޓެރީ ލައިފް ލިބޭނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ. ސާފޭސް ޕްރޯގައި ސާފޭސް ސްލިމް ޕެން ސަޕޯޓް ކުރާއިރު، ޑިޓެޗަބަލް ކީބޯޑެއްވެސް ހިމެނެއެވެ.
މައިކްރޯސޮފްޓް
މައިކްރޯސޮފްޓް
މައިކްރޯސޮފްޓް
މައިކްރޯސޮފްޓް