ވޭޕް މަނާ ކުރުމުގެ ގާނޫނު އޮތްގޮތުން، އެތަކެތި އެތެރެެ ކުރާ މީހުން ވަރަށް ބޮޑު ޖޫރިމަނާއެއް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާފައިވާ ބިލް ދިރާސާކުރާ ކޮމިޓީއަށް ކަސްޓަމްސްގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރު ކޮށްފައެވެ. އެއީ އެ ބިލަށް ކަސްޓަމްސްގެ ބަހެއް ހޯދުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނު ތަކަކަށް ވާންޖެހޭ ކަމަށެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް ގެންނަަން ޖެހޭ ބައެއް އިސްލާހުތައް އޭނާ ހިއްސާ ކުރެއްވިއެވެ.
އެއަށްފަހު، ސިމާހު ވިދާޅުވީ، ވޭޕް މަނާކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ވަކި ވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށެވެ.
"ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް، އެއަށް ފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް،"
އޭގެ ދެ ކޭސްއެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޓީގައި އެކަން ފާހަގަ ކުރެއްވީ ގާނޫނު އެއޮތްގޮތަށް ކަސްޓަމްސް އަށް ތަންފީޒު ނުކުރެވޭނެތީ ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮސްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،" ސަމާހު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން