ވެލާނާ އިންޓާނޭޝަނަލް އޭއާޕޯޓު (ވީއައިއޭ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޭވީއެސް ޓްރެއިނީގެ މަގާމަށް 74 އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ އޮފިސާސް އެންޑް ގާޑްސް ވަޒީފާ ލިބޭ ފަރާތްތަކުގެ މަހު މުސާރައަކީ 5920 ރުފިޔާ އެވެ. ސާވިސް އެލަވަންސްއަށް މަހަކު 1500.00 ރުފިޔާ އަދި އެހެނިހެން އެލަވަންސް އާއި ކޮއްތު ފައިސާގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު -/60 ރުފިޔާ ލިބޭނެއެވެ.
އޭގެ އިތުރުންވެސް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާވެސް ދޭނެ ކަމަށެވެ.
އެ މަގާމުގެ ޕްރޮބޭޝަން މުއްދަތަކީ ތިން މަސްދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަ ކުރަން ޖެހެއެވެ. ޑިއުޓީ ސްޕަވައިޒަރު ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން ހިމެނެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:
- އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއް ކަމުގައިވުން.
- އިސްކޮޅުގައި ފަސް ފޫޓް ހުރުން.
- އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސްއުލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ސިއްހަތެއްގައި ހުރިކަން ސާބިތުކުރުން.
- އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވުމުން.
އެ މަގާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މިމަހުގެ 18 ވަނަ ދުވަހުގެ 14:00 ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަންނާނެއެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް