ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީންވެސް ދިޔައީ ކުރަމުންނެވެ
"ހިޔާ ޓަވަރު އަށަކުން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި" ފުލުހުން ބުންޏެވެ.
އެފަހުން ދެންމެ ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އެ ކުއްޖާ 12:18 އެހާކަންހާއިރު ހުޅުމާލެ ފޭސް އެކަކުން ފެނިފައިވާ ކަމަށެވެ.
"ކުއްޖާގެ ހާލު ރަނގަޅު" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން
ގެއްލިގެން ހޯދާ މީހުން