ބޮލީވުޑްގެ މަޝްހޫރު ތަރި މައުނީ ރޯއި ޑޭވިޑް ދަވާންގެ އާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ގައި ފެންނާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެފިއެވެ. މިއީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ފިލްމުގައި ވަރުން ދަވާން ލީޑް ރޯލުން ފެންނާނެ އެވެ. މައުނީގެ އިތުރުން މުރުނާލް ތާކުރު، ޗަންކީ ޕާންޑޭ، ޕޫޖާ ހެގްޑޭ އަދި މަނީޝް ޕޯލް ފަދަ ތަރިން މި ފިލްމުގައި ބައިވެރިވެއެވެ. ފިލްމުގެ ޝޫޓިން މިހާރު ގްލާސްގޯގައި ކުރިއަށްދެއެވެ.
މައުނީ ވަނީ ގްލާސްގޯގައި ނަގާ މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފިލްމުގެ ނަން ނަގާފައިވަނީ 1999 ގެ "ބީވީ ނަންބަރު 1" ފިލްމުގެ ލަވައަކުންނެވެ.
މައުނީ އަށް ވަނީ "ދަ ބޫތުނީ" ފިލްމުގައި ދެއްކި މޮޅު އެކްޓިންއަށް ތަރުހީބު ލިބިފައެވެ. އޭނާ އަންނަނީ "ސަލާހްކާރު" ނަމަކަށް ކިޔާ ފިލްމެއްގައިވެސް މަސައްކަތްކުރަމުންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް