އެގާރަ ފަޅުރަށެއް މިހާރު ވަނީ ރަށްރަށުގެ ބައެއްގެ ގޮތުގައި ހިމަނައިދީފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، 11 ރަށެއް އެހެން ރަށްރަށުގެ ބައެއްގެ ގޮތުގައި މިހާރު ހިމަނުއްވާފައިވާ ކަމަށާއި ބައެެއް ރަށްރަށުގެ އިހްތިސޯސް ތެރެއަށް އެހެން ރަށްރަށްވެސް ހިމަނުއްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ގޮތަށް އަމަލުކުރައްވަނީ ރަށްރަށް ލާމަރުކަޒީ ގޮތުން ބާރުވެރިކޮށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ.

ރަށްރަށުގެ އިހްތިސޯސަށް ބަދަލު ގެނައުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރެކެވެ.