މިނިސްޓްރީއަކުން ކޮރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޑްކުރި އެއްވެސް މީހަކަށް މުސާރަ ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ފަހުން ސަސްޕެންޑްކުރި އެއްވެސް ފަރާތަކަށް މުސާރަ ނުލިބޭނެ ކަމަށާއި ނަމަވެސް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވެސް އެބަހުރި ކަމަށެވެ.
"ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެފަދަ ގޯސް އަމަލެއް ހިންގައިގެން ސަސްޕެންޑްކުރި މީހަކަށް ނޯންނާނެ މުސާރަ ދީފައެއް. އެއީ މިނިސްޓްރީތަކުން ސަސްޕެންޑްކުރި މީހުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުން ސަސްޕެންޑްކުރާއިރު މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކުރާ ކަމަށާއި ނަމަވެސް ސަރުކާރުގެ މިނިސްޓްރީއެއްގެ މުވައްޒަފަކު ސަސްޕެންޑްކުރާއިރު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު