ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުން ޓީމުތައް މަގުމަތީގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ އެންފޯސްމެންޓް ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މި މަގުން ކުރެވޭ މަސައްކަތުން ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުން އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެންފޯސްމެންޓް ޓީމުތަކުގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.

އެ ފޮޓޯތަކުން ފެންނަނީ ފުލުހުން މަގުތަކާއި ޕާކިން ޒޯންތަށް ޕެޓްރޯލްކުރާ މަންޒަރެވެ.

ފުލުހުން އެފަދަ ހަރަކާތެއް ފެށި އިރު، ރައްޔިތުންނާ ވީހާވެސް ގާތުން ފުލުހުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނަ ގޮތަށް މަގުތަކުގައި މީގެ ކުރިން ފުލުހުން ފޯރިމެރިއެވެ.

ނަމަވެސް ފަހުން އެކަން ވަނީ ހުއްޓިފައެވެ.