ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން ޓާމިނޭޓްކުރުމަށްފަހު އެ މަސައްކަތްތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، މަސައްކަތް އަވަސްކުރުމަށް ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދާ ވާހަކަ ދައްކާ އިރު، ވައިކަރަދޫ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެެރެއިން ހދ. ވައިކަރަދޫ، ނެއްލައިދޫ، ކުރިނބީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ލަސްވެފައިވާ މައްސަލައިގައި، އެ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ ތިން ރަށަކީ ފެނަކައާ މަސައްކަތް ހަވާލުކޮށްފައިވާ ރަށްތަކެއް ނޫން ކަމަށެވެ.

"އެއީ ދިވެހި ކުންފުންޏަކަށް ދީފަ އޮތް މަސައްކަތެއް، މަސަަައްކަތް ކުރިއަށްދާތީ އަޅުގަނޑަށް ބެލެވެނީ އެ ބޭފުޅުންނަށް އެެހީތެރިވެގެން ވީހާވެސް ބާރަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ކުރިއަށްނުދާ ޕްރޮޖެކްޓްތައް ސަރުކާރަށް ނަގައި ފެނަކަ އާއި އެމްޑަބްލިއުއެސްސީއާ ހަވާލުކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.