މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ފެށިގެން ޔުމްނު އާއި އިތުރު ބަޔަކު އެހެން ދެ ގެއެެއްގައިވެސް ހަރަކާތްތެރިވިއެވެ. އެއީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ އާއި ހ. ކަށިވެލި ގެއެވެ.
ފުލުހުން އެ ދެ ގެ ފާސްކުރީ ހާދިސާއަށް ހަ ދުވަސްވީ ފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ބަލައި ފާސްކޮށްފައިވަނީ މައްސަލައާ ގުޅުންހުރި ކަމަށް ތަހުގީގަށް ފާހަގަވެފައިވާ މީހުންނާ ގުޅުންހުރި ކަމަށް މައުލޫމާތު ލިބިފައިވާ ތަންތަނެވެ.
ފުލުހުން ވަނީ ޔުމްނުއާއެކު، އެރޭ އެންމެ ފަހުން ހަރަކާތްތެރިވި ރައުދު ޒިލާލް 21އ ހައްޔަރުކޮށް އޭނާގެ ފުރުން މަނާކޮށްފައެވެ. ކޯޓުން އޭނާގެ ބަންދަށް ދިނީ ފަސް ދުވަހެވެ. ފުލުހުން ވަނީ އެރޭ އެ މީހުންނާއެކު އުޅުނު އެހެން މީހުންގެ ފޯނުވެސް ހިފަހައްޓައި ފުރުން މަނާކޮށްފައެވެ. އެ މީހުންގެ ތެރޭގައި، ސިޔާސީ މަގާމުތަކުގައި މީގެ ކުރިން ތިބި މީހުންނާއި ސިޔާސީ ފަރާތްތަކުގެ އާއިލީ މީހުންވެސް ހިމެނެއެވެ.
އަލީ ޔާމިން
ކުށް
ކުށް
ކުށް
ކުށް