ގާޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ލޭ އޮހޮރުވުން ހުއްޓާލުމަށް އަލިމަގެއް ފެނޭތޯ މިސްރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިވާން ހަމާސްގެ ވަފުދެއް މިސްރަށް ގޮސްފިއެވެ.
ހަމާސްގެ ވަފުދު އިއްޔެ މިސްރަށް ގޮސްފައިވާއިރު އެ ޖަމާއަތުން ވަނީ މިސްރުގެ އޮފިޝަލުންނާއެކު ފެށި މަޝްވަރާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިތުރުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާންމުން ދޫކޮށްލުމާއި އިސްރާއީލު ސިފައިން ގާޒާ އިން ފޭބުމުގެ އިތުރުން ގާޒާ އަލުން އާބާދުކުރުމުގެ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށްވެސް ހަމާސް އިން ބުންޏެވެ.
އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު ކުޅެނީ މިސްރުގެ އިތުރުން ގަތަރު އަދި އެމެރިކާ އިންނެވެ.
މުހައްމަދު އައުޒަމް
ގާޒާ
ގާޒާ
ގާޒާ
ގާޒާ