އެމެރިކާގެ ނައިބުރައީސް ޖޭޑީ ވެންސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފައެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އިގުތިސާދީ ހަނގުރާމައެއް ފެށިފައިވާ އިރު، ނައިބު ރައީސް ވެންސް އާއި މޯދީގެ ބައްދަލުވުމުގައި ވަނީ އިގުތިސާދީ ކަންކަމާ ގުޅޭ މަޝްވަރާ ކުރިއަށްގެންދަވައިފައެވެ.
އިންޑިއާއާއި އެމެރިކާއާ ދެމެދު އިގުތިސާދީ ބަދަހި ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުގެ އިސް އޮފިޝަލުން ބޭއްވި ހައިލެވެލް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމަށް އެތެރެކުރާ އިންޑިއާގެ މުދަލުން 26 ޕަސަންޓަށް ޓެރިފް ނެގުމަށް ނިންމައިފައެވެ. މިއީ މީގެ ކުރިން ނަގާ އަދަދަށްވުރެ 10 ޕަސަންޓު އިތުރު އަދަދެކެވެ.
އިންޑިއާގެ ބޮޑުވަޒީރާއި އެމެރިކާގެ ނައިބު ރައީސްއާ ދެމެދު ބޭއްވި ބައްދަލުވުމުގައި އިގުތިސާދީ ގޮތުން ދެގައުމުން މަޝްވަރާކޮށް ލުއި ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ