ފަަސްތީނުގެ އިމަޖެންސީ ޓީމަކަށް ހަމަލާދެވުނީ އޮޅުމަކުން ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ އިމަޖެންސީ ޓީމުގެ 15 މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން އިސްރާއީލުގެ މިލިޓަރީން ކުރި އެތެރޭގެ ތަހުގީގަކަށްފަހު ބުނީ އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އޮޅުމަކުން ކަމަށާއި ސިފައިން ވަނީ އޯޑަރާ ހިލާފަށް އަމަލު ކޮށްފައި ކަމަށެވެ.
އިސްރާއީލުގެ މިލިޓަރީން ނެރުނު ބަޔާނެއްގައި ވަނީ ފިޔަވަޅެއްގެ ގޮތުން އެ ޔުނިޓުގެ ޑެޕިއުޓީ ކޮމާންޑަރު މަގާމުން ދުރުކޮށްފައިވާ ކަމަށާއި އޭނާއަކީ އެ ހަމަލާ ދިނުމަށް ކޮމާންޑު ކުރި މީހާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ޕަލެއްސްޓައިން ރެޑް ކްރެސެންޓް ސޮސައިޓީއަށް ނިސްބަތްވާ ބައެއްގެ އިތުރުން އދ ގެ ޓީމެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ހަމަލާ ދީފައިވަނީ އެމީހުންގެ ފަރާތުން ނުރައްކާ އޮތްކަމަށް ބެލެވިގެން ކަމަށެވެ.
މުހައްމަދު އައުޒަމް
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ
ހޮލީވުޑް