ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފިއެވެ.
ކަސްޓަމުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސިނގިރޭޓުތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުން ކަމަށެވެ.
ކަސްޓަމުން އެ ސިނގިރޭޓުތައް އަތުލައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ކަސްޓަމުން ބުންޏެވެ.
އަތުލައިގަތީ ކޮން ބްރޭންޑެއްގެ ސިނގިރޭޓް ކަމާއި އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ކަސްޓަމުން ހާމައެއް ނުކުރެއެވެ.
ރާއްޖެއަށް މީގެ ކުރިން ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއް ފުލުހުން އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.
އެ މައްސަލައަކީ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް ރާއްޖެ އެތެރެކުރި 200 މާސްޓާ ކާޓޫން މެންޗެސްޓާ ސިނގިރޭޓް މައްސަލައެކެވެ. އެ ސިނގިރޭޓް ރާއްޖެއަށް ވަގަށް އެތެރެކުރުމުން ކަސްޓަމުން ވަނީ އެތަކެތި ހިފަހައްޓައި އެ އިދާރާގެ ބެލުމުގެ ދަށުން ސީޒް ކޮށްފައެވެ. ނަމަވެސް ފަހުން އެ ސިނގިރޭޓުތައް ކަސްޓަމުގެ ބެލުމުގެ ދަށުން ވަނީ ގެއްލިފައެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް