ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) އިން މި އަހަރަށް މުޅި ދުނިޔެއިން ހޮވި އެންމެ ނުފޫޒުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ، އަދި އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު ހިމެނިއްޖެ އެވެ.
ޑަބްލިޔުއީއެފްގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ތެރޭގައި ނޫރައިން ހިމެނުނީ، މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް، އޭނާ އިސްވެ އުފައްދަވާފައިވާ ކަނޑޫފާ ފައުންޑޭޝަނުން ދެކުނު އޭޝިއާގައި ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނެވެ. މިއީ އެ ދާއިރާއިން ދިވެއްސަކަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.
ޑަބްލިޔުއީއެފް އިން ވަނީ، މި އަހަރުގެ އެންމެ ނުފޫޒު ގަދަ ޒުވާން ލީޑަރުކަން 116 ފަރާތަކަށް ދީފައެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިވެރިންނާއި ބައެއް ގައުމުތަކުގެ މިނިސްޓަރުންވެސް ހިމެނެއެވެ.
ނުފޫޒުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަތުމުން، ތިން އަހަރު ދުވަހުގެ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ނޫރްއައިން ފުރިހަމަ ކުރައްވާނެ އެވެ.
ނޫރައިންއަކީ ރައީސް މުހައްމަދު މުއިއްޒުގެ ޓްރޭޑް އަދި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާއެރުވުމަށް ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓަށް އައްޔަން ކުރައްވާފައިވާ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.
ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ ނިއުޒިލެންޑްގައި އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައެވެ.
އަލީ ޔާމިން
ބޮޑުތަކުރުފާނު މަގު
ރިޕޯޓް
ބޭރު ކުޅިވަރު
ހުޅުމާލޭ ސެންޓްރަލް ޕާކް