ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރުމަށް ގ. ކަނޑިތޮޅިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފަށް ރުހުން ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީވެސް އެންމެ ދެ މަސައްކަތެވެ.
ފުރަތަކަ މަސައްކަތަކީ، ސްވިޑްންއަށް ރާއްޖެއިން ކަނޑައަލާ ނޮން ރެސިޑެންޓް ސަފީރުކަމަށް، ގ. ޕެންޒީމާގެ އާއިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށާއި، ސީޝެލްއަށް ކަނޑައަލާ ނޮންރެޒިދެނޓް ސަފީރުކަމަށް މ.ތުޅާގިރި މަސްއޫދު އިމާދު އައްޔަން ކުރުމަށާއި އޮސްޓްރިއާއަށް ކަނޑައަޅާ ސަފީރުކަމަށް މ.ވިލާދަށުގެ ޑރ. ސަލްމާ ރަޝިދު އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމެވެ.
މީގެ ތެރެއިން އައިޝަތު ޝާްން ޝާކިރަކީ ޖާމަނީއަށް ކަންއަޅުއްވާފައި ހުންނަވާ ސަފީރެވެ. މަސްއޫދަކީ ލަންކާގައި ހުންނަވާ ސަފީރެވެ. އަދި ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
މިއަދުގެ ދެވަނަ މަސައްކަތަކީ އާޒަރުބައިޖާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް މަޖިލީހަށް ފޮނުއްވި ގ. ކަނޑިތޮޅިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިތަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފަށް މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މަޖިލިސް ތަޅުމުން ގޮތެއް ނިންމުމެވެ.
ތިން ގައުމަކަށް، ނޮންރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެްނ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުން އިދާރީ މޭޒުން އިއްވުމުން އެ މައްސަލަ ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
އެއަށްފަހު ރިޕޯޓަށް ބަހުސްކުރަން 30 މިނެޓުގެ ވަގުތެއް ކަނޑައަޅައި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ސިޔާސީ ޕާޓީއަކުން އެއް މެންބަރު އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެއް މެންބަރަށް ފުރުސަތެއް ދިނުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ނިންމަވައި ފުރުސަތު ހުޅުވާލެއްވިއެވެ.
އެ ފުރުސަތުގައި އިދިކޮޅު އެމްޑީޕީން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ޕީއެންސީން އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަދި އެމްޑީއޭ އިން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެ ރިޕޯޓަށް ވާހަކަދެއްކެވިއެވެ.
އެއަށްފަހު 9:26 ގައި މަޖިލިސް ޖަލްސާ މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކޮމިޓީތަކުގައި ވަރަށް ގިނަ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތްތަަކަށް ވަގުތު ދިނުމުގެ ގޮތުން ޖަލްސާ މެދުކަނޑުއްވާލައްވާ ކަަމަށެވެ.
އެއަށްފަހު 12:00 ގައި ޖަލްސާ ފައްޓަވައި، ހަމައެކަނި ވޯޓަށް އެއްސެވީ ލަތީފަށް ރުހުން ދިނުމުގެ މައްސަލައަށެވެ. އެއަށްފަހު ޖަލްސާ ނިންމަވައިލެއްވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް