ފަލަސްތީންގެ ގާޒާގައި ރަނގަޅަށް ހުރި ހަމައެކަނި ހޮސްޕިޓަލަށް ވެސް އިޒްރޭލުން ހަމަލާދީފިއެވެ.

ގާޒާގެ އަލް އާހިލް އަރަބް ހޮސްޕިޓަލަށް އިޒްރޭލުގެ ސިފައިން އިއްޔެ ދިން ހަމަލާގައި އެ ހޮސްޕިޓަލުގެ އެއްބައި ބިމާ ހަމަކޮށްލާފައިވާއިރު، މަންޒަރު ދުށްފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހޮސްޕިޓަލުގެ އައިސީޔޫއާއި ސާޖަރީ ޑިޕާޓްމަންޓަށެވެ.

އެ ހަމަލާއަށްފަހު އިޒްރޭލުން ބުނީ، އެ ހޮސްޕިޓަލަކީ ހަމާސް އިން އޮޕަރޭޓްކުރާ ކޮމާންޑް ސެންޓަރެއް ކަމަށް ބުނެފައެވެ.

ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ގާޒާގެ ސިވިލް އިމަޖެންސީ ސާވިސް އިން ވަނީ އެ ހަމަލާގައި އަނިޔާވި ކުޑަކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް ޝަހީދު ވެފައިވާ ކަމަށް ބުނެފައެވެ.