ގާޒާގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 35 މީހުން ޝަހީދުކޮށްލައިފިއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދިން ހަމަލާ އަމާޒުވެފައިވަނީ ގާޒާގެ ޝުޖަޔާ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކަށެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން އިއްޔެ ދިން އެ ހަމަލާގައި ޝަހީދުވިކަމަށް މިހާތަނަށް ޔަގީންވެފައިވަނީ 35 މީހުން ކަމަށާއި އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ދިން ހަމަލާގައި އެ އިމާރާތުގެ އަޑީގައި ތާށިވެފައި ގިނަ ބަޔަކު ތިއްބެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.
އިސްރާއީލުގެ މިލިޓަރީން ބުނީ އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށާއި އާންމުންނަށް ހަމަލާގެ އަސަރު ނުކުރާނެ ހުރިހާ ގޮތެއް ބަލާފައިވާނެ ކަމަށެވެ.
މުހައްމަދު އައުޒަމް
ގާޒާ
ގާޒާ
ގާޒާ
ގާޒާ