އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ، ދަރިމައިވުމުން ފެށިގެން ދެމަފިރިންނަށް އަދި މައިމީހާއަށް ދޭންޖެހޭ އެންމެހައި މައުލޫމާތު މިހާރު ނިޒާމުގެ ތެރެއިން ދެވޭ ކަމަށާއި ރާއްޖޭގައި މާބަޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް 98 ޕަސަންޓަށްވުރެ މަތީފައި ހިފެހެއްޓިފައިވާ ކަމަށެވެ،

މިނިސްޓަރު ވިދާޅުވީ މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ހިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާ އެކު ބަލަހައްޓައި އެ މައޫލޫމާތު ފަސޭހަކަމާ އެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމު ތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ ދަށުން ސަރުކާރުގެ އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްހީ ފަރުވާ އާއި ހިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތާއި ހިދުމަތް ހޯދާ އާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިމައިވުމަށްޓަކައި އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުން މުހިންމު ކަމަށާއި ދެ މީހުން ވެސް ދުޅަހެޔޮ އާދަތަކުގެ މަތީގައި ދެމިތިބުން މުހިންމު ކަމަށެވެ.