ސަރަހައްދީ ބާސްކެޓް ކްލަބުތަކުން ވާދަކުރާ ސާބާ ކްލަބު ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ ޓީ-ރެކްސް ބީސީން ކުޅުނު ތިންވަނަ މެޗުގައި ނޭޕާލްގެ ޓައިމްސް ކްލަބު ކައިިރިން ބަލިވެއްޖެއެވެ.

މިމަހު ދެވަނަ ދުވަހު އިންޑިއާގެ ޗެންނާއީގައި ފެށި މުބާރާތުގައި ރާއްޖޭގެ ޓީ-ރެކްސްއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނުގެ ތިމްޕޫ މެޖިކްސް ކައިރިން ވަނީ މޮޅުވެފައެވެ. އެހެން ނަމަވެސް އޭގެފަހުން ސްރީ ލަންކާގެ ކޮލޮމްބޯ ބީސީ ކައިރިން ޓީ-ރެކްސް ބަލިވީ 74-79 ޕޮއިންޓުންނެވެ.

އެ މެޗުން ބަލިވެފައި އޮތުމުން ފައިނަލަށް ދިޔުމަށް އަމިއްލަ ބާރު ދަމަހައްޓަން ޓީ-ރެކްސްއަށް އޮތީ އިއްޔެގެ މެޗު މުހިއްމުވެފައެވެ.

އެމެޗަށް ނުކުމެ، ނޭޕާލުގެ ޓައިމްސް ކައިރިން ޓީ-ރެކްސް ބަލިވީ 67-59 ޕޮއިންޓުންނެވެ.

ރާއްޖޭގެ ޓީ-ރެކްސްއަށް ލީގު ބުރުގައި ދެން ބާކީ އޮތީ މުބާރާތުގައި ކުޅެމުންދާ އެންމެ ވަރުގަދަ ޓީމު، އިންޑިއާގެ ޓަމިލް ނާޑޫއާ ދެކޮޅަށް ކުޅޭ މެޗެވެ.