ސަރަހައްދީ ބާސްކެޓް ކްލަބުތަކުން ވާދަކުރާ ސާބާ ކްލަބު ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ ޓީ-ރެކްސް ބީސީން ކުޅުނު ދެވަނަ މެޗުގައި ސްރީ ލަންކާގެ ކޮލޮމްބޯ ބީސީ ކައިރިން ބަލިވެއްޖެއެވެ.

މިމަހު ދެވަނަ ދުވަހު އިންޑިއާގެ ޗެންނާއީގައި ފެށި މުބާރާތުގައި ރާއްޖޭގެ ޓީ-ރެކްސްއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނުގެ ތިމްޕޫ މެޖިކްސް ކައިރިން ވަނީ މޮޅުވެފައެވެ.

ޓީ-ރެކްސްއިން އިއްޔެ ކޮލޮމްބޯ ކައިރިން ބަލިވީ 79-74 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، ޓީ-ރެކްސް 23-20 އިން ކުރީގައި އޮތް އިރު، ދެވަނަ ކުއާޓާގައި ކޮލޮމްބޯއިން ކުޅުން ރަނގަޅުކޮށްލިއެވެ. އެ ކުއާޓާވެސް ވާދަވެރިކޮށް ގޮސްފައިވާ އިރު، ދެވަނަ ކުއާޓާ ނިމުނީ 38-37 އިން ކޮލޮމްބޯ ކުރީގައި އޮއްވައެވެ.

ތިންވަނަ ކުއާޓާ ނިމުނު އިރު، 65-50 ޕޮއިންޓުން ކޮލޮމްބޯ އޮތީ ކުރީގައެވެ. އެ ސްކޯ ކުޑަކުރުމަށް ހަތަރުވަނަ ކުއާޓާގައި ޓީ-ރެކްސްއިން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ނަތީޖާ އަނބުރަށް ނުލެވުނެވެ.

ޓީ-ރެކްސްއިން މިއަދު ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލްގެ ޓައިމްސް ކްލަބާ ދެކޮޅަށެވެ.