ހޮޅުދޫ ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު ލ.މާވަށަށް، އަލީ މުޝްފިގް މުހައްމަދު ޝަރީފް، 25އ. ހޯދުމަށް މިހާތަނަށް 53.04 ސްކުއެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މިހާތަނަށް އަންޑަވޯޓާ ސާޗްގެ ގޮތުގައި 64240 އަކަމީޓަރު އަދި ވައިގެ މަގުން 1545 ސްކުއެއާ މޭލް (4000 އަކަމީޓަރު) ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މުޝްފިގުގެ އެއްވެސް ހިލަމެއްވެފައިނުވާ ކަމަށް ބުންޏެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައިވަނީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަނިކޮށް ރޭ 9:07 ހާއިރުއެވެ.
އެ ބޯޓުން ދަތުރުކުރަމުން ދިޔައީ ކެޕްޓަނާއެކު 18 މީހުންނެވެ. އޭގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ އިރު، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ނުކުރެވި އޮއްވައި ރޭ ދަންވަރު 2:07 ހާއިރު އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.
މުޝްފިގް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ތިން އުޅަނދެއްގެ އިތުރުން ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު