މިޔަންމާއަށް މިދިޔަ ހަފުތާގައި އައި ބިންހެލުމުގައި އިމާރާތެއްގެ ދަށުވި ދެ މީހަކު ފަސް ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
މިޔަންމާއަށް މިދިޔަ ހަފުތާގައި އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު އެގައުމަށް ބޮޑެތި ގެއްލުން ލިބިފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާއިރު މިޔަންމާގެ ރެސްކިއު ޓީމުތަކުން ބުދަ ދުވަހު ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ފަސް ދުވަސް ފަހުން ދެ މީހަކު ސަލާމަތްކޮށްފައެވެ.
މިޔަންމާގެ މަންޑަލާގައި ހަރަކާތްތެރިވާ ރެސްކިއުޓީމުތަކުން ވަނީ ބިންހެލުމުގައި އެންމެ ބޮޑު ލޮޅުން އައި ސަރަހައްދުގައި ވެއްޓިފައި ހުރި އިމާރާތުގެ އަޑިން 53 އަހަރުގެ މީހަކު ސަލާމަތްކޮށްފައެވެ. އެމީހާ އެތަނުގައި ތާށިވެފައި އޮންނަތާ 125 ގަޑިއިރު ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މިޔަންމާގެ ސަގައިން ސިޓީއިން ވެސް ވެއްޓިފައި ވާ އިމާރާތެއްގެ ދަށުން 40 އަހަރުގެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި އެގައުމުން މިހާތަނަށް 3000 އަށްވުރެން ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކަށް އަނިޔާވެފައެވެ. ގެއްލިފައިވާ މީހުންގެ އަދަދު ޔަގީންނުވާއިރު ރެސްކިއު ޓީމުތަކުން އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުންނެވެ.
މުހައްމަދު އައުޒަމް
މިޔަންމާ
މިޔަންމާ
މިޔަންމާ
މިޔަންމާ