އިޒްރޭލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެފައިވާ އެއްބަސްވުމުގެ ފަހުން އިޒްރޭލުން ދިން ފުރަތަމަ ހަމަލާއެވެ. މި ހަމަލާތައް ފެށުނީ އިޒްރޭލަށް އަމާޒުކޮށް ލުބުނާނުން ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ.
އިޒްރޭލުން ބުނާ ގޮތުން ލުބުނާނަށް އިއްޔެ ދިން ހަމަލާތަކަކީ ހިޒްބުﷲގެ ކޮމާންޑް ސެންޓަރަކަށާއި ރޮކެޓް ލޯންޗުކުރާ ތަނަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.
ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނީ އެ ހަމަލާތަކުގައި އެ ގައުމުން ހަތް މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭއިރު 40 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ