ހަމާސް އިން އިސްރާއީލަށް ރޮކެޓު ހަމަލާތަކެއް ފޮނުވައިފިއެވެ.
ހަމާސް އާއި އިސްރާއިލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ގޮންޖަހައި އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭން ފަށާފައިވާ އިރު، އިއްޔެ ހަމާސް އިން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ރޮކެޓް ހަމަލާދޭން ފަށައިފައެވެ.
ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ފޮނުވާލި ތިން ރޮކެޓުގެ ތެރެއިން އިސްރާއީލުގެ ޑިފެންސުން ވަނީ އެއް ރޮކެޓު ވައިގެ ތެރޭގައި ގޮއްވާލައިފައެވެ. އަދި އަނެއް ދެ ރޮކެޓު ވެއްޓިފައިވަނީ މީހުން ނޫޅޭ ސަރަހައްދަކަށް ކަމަށް އިސްރާއީލުން ބުނެއެވެ.
ހަމާސް އިން އިސްރާއީލަށް ހަމަލާ ދީފައިވާ އިރު، އިސްރާއީލުން ވެސް ވަނީ ގާޒާއަށް ހަމަލާދީ 85 މީހުން ޝަހީދުކޮށްލައިފައެވެ.
ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ސިފައިން އަންގާރަ ދުވަހުން ފެށިގެން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ އިރު، މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ