ހައިކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އިއްޔެ އައްޔަންކުރައްވައިފައެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެހެންވެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކުރައްވައިފައެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ފައިސަލް ވަނީ ޖޭއެސްސީގެ ނައިބުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު