އިޒްރޭލުން އަލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާދޭން ފެށުމުން އެގައުމުގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
އިޒްރޭލުގެ އާންމުން ވަނީ އެގައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް މަގުތަކަށް ނުކުމެ ރުޅިވެރިކަން ފާޅުކޮށް މުޒާހަރާ ކުރަން ފަށައިފައެވެ.
އިއްޔެއިން ފެށިގެން އިޒްރޭލުގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައިވަނީ ބޮޑުވަޒީރުގެ މަގުސަދަކީ ސިޔާސީގޮތުން އިތުރަށް ބާރުވެރިކަން ހޯދުމަށް ކަމަށާއި ގައުމަށް ރަނގަޅުގޮތް ހޯދުމަށް ނޫން ކަމަށް ބުނެއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބެނާތަކުގައި ނަތަންޔާހޫއާ ދެކޮޅު ލިޔުންތައް ލިޔެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ އާންމުންގެ ރުޅިވެރިކަން އެގައުމުގެ ސަރުކާރަށް އަމާޒުވެފައި ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ދޫކުރުމަށް ފުރުސަތު ނުދީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ބޮޑުވަޒީރުގެ އަމަލުތައް ބެހެއްޓުމުންނެވެ.
އިޒްރޭލުގެ އާންމުން މުޒާހަރާ ފަށާފައިވާ އިރު، އެގައުމުގެ ހައްދުފަނައަޅާފައިވާ ސިފައިން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ގާޒާއަށް ހަމަލާދީ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އެހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު އަނިޔާވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ