އިސްރާއީލުން ގާޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 404 މީހުން ޝަހީދުކޮށްލައިފިއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، ގާޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
އެއްވެސް އިންޒާރެއް ދިނުމެއްނެތި ހަމަލާދޭން ފެށުމަށްފަހު، ފަހުން އިސްރާއީލުން ވަނީ ގާޒާގެ އެކި ސަރަހައްދުތައް ހުސްކޮށް މީހުން އެހެން ތަންތަނަށް ދިއުމަށް އަންގައިފައެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 404 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންްނަ އިރު، ހޮސްޕިޓަލުތަކުގައި ވަސީލަތްތައް ނެތުމުގެ ސަބަބުން ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނީ އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ޝަހީދުވީ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ތެދުވެފައިވާ އިރު، ހަމާސް އިން ވަނީ އެ ހަމަލާތަކުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އެމެރިކާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ