މާލޭގެ ފިހާރާއެއްގެ ސޭޓަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ފައިސާ އާއި ސިނގިރޭޓް ފޭރިގެންފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ 9:25 އެހާކަންހާއިރު މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.

"އެ މީހުން ފޭރުނު ތަކެތީގެ ތެރޭގައި ފައިސާ އާއި ސިނގިރޭޓް އަދި އެހެނިހެން ތަކެތި ހިމެނޭމ" ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.