ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް، އައްޔަންކުރައްވައިފިއެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރައްވާފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް، އެ މަގާމުން މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަކިކުރެއްވުމާ ގުޅިގެންނެވެ. ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގައެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް މިއަދު އައްޔަންކުރެއްވި އަނަސްއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް ވަނީ، މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާގެ މަގާމު މީގެ ކުރިން އަދާކުރައްވައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި