ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އެ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަ ކުރަމުން ގެންދާނަން" ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަކީ ޖުމްހޫރީ މައިދާން ކައިރިން ދުއްވާފައި ދިޔަ ކަރާ ލޮރީއެއް ހުއްޓުވައި އެ ލޮރީ ދުއްވަން އިން މީހާއެވެ. އެ މީހާ ދިރިއުޅޭ ގެވެސް ވަނީ ބަލައިފާސްކޮށްފައެވެ.
މީގެ އިތުރުން އިތުރުން ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްވެސް ބަލާ ފާސްކޮށްފައިވާއިރު، ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ހަތް ވަނަ ފްލެޓު ސަރަހައްދުގައިވެސް ފުލުހުންނާ ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ. އަދި ގަރާޖެއްވެސް ފާސްކޮށްފައިވާ އިރު، ޝަބްނަމް މަގުގައި ހުރި ގެއަކުންވެސް ވަނީ ބައެއް ތަކެތި ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު